މިއީ ސަރުކާރުގެ ޕްރޮޖެކްޓެކެވެ.

ޓައިމްލައިން

އިފްތިތާހުކުރުން

21 ނޮވެމްބަރު 2021

މަގު ހެދުމުގެ ފޭސް 1 އިފްތިތާހް ކުރުމުގެ ރަސްމިއްޔާތުވަނީ ގުލަގަދަގޮތެއްގައި ބާއްވާފައި. މަގުހެދުން އިފްތިތާހްކޮށްދެއްވީ ނައިބް ރައީސް ފައިސަލް ނަސީމް. މި ރަސްމިއްޔާތުގައި މަސައްކަތް ކުރާ ފަރާތް ކަމުގައިވާ އެމް.ޓީ.ސީ.ސީ ގެ ސީ.އޯ.އޯ ޝާހިދު ހުސައިން މޫސާ އަދި އެމް.ޕީ ސަލީމް ބައިވެރިވެވަޑައިގެންނެވި. މި މަޝްރޫއު ކުރިއަށް ގެންދާނީ ތައްޔާރުކުރެވިފައިވާ ކުރެހުމާއި އެއްގޮތަށް މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހުށަހަޅާފައިވާ އަގަށް އަމިއްލަ ތަކެތީގައެވެ. 

އަމަލީ މަސައްކަތް

16 ޖެނުއަރީ 2022

މަގުހެދުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ރައްޔިތުގެ ބައިވެރިވުމާ އެކު ކުލަ ގަދަގޮތެއްގައި ވަނީ ބާއްވާފައި. މި ރަސްމިއްޔާތުގައި އެމް.ޕީ ސަލީމް އަދި އެމް.ޓީ.ސީ.ސީ ގެ ސީ.އީ.އޯ އާދަމް އާޒިމް އާއި ޓީމް ބައިވެރިވެވަޑައިގެންނެވި. މި ރަސްމިއްޔާތާއި އެކު މަގުތައް ލެވެލް ކުރުމާއި ކާރބް ސްޓޯން ވަޅުލުމުގެ މަސައްކަތް ވަނީ ފަށާފައި. މި މަސައްކަތް އަމަލީ ގޮތުން ފަށްޓަވައިދެއްވީ ރަށުގެ އިސްރަށްވެހިންގެ ބައިވެރިވުމާ އެކު. 

ތާރު އަޅާ ސާމާނު ރަށަށް

17 އޯގަސްޓު 2022

ތާރުއަޅާ ސާމާނު ހިފައިގެން އައި އެމް.ޓީ.ސީ.ސީގެ ޓީމަށް ހޯރަފުށީ ރައްޔިތުންގެ ފަރާތުންނާއި ކައުންސިލްގެ ފަރާތުން ވަނީ ފަރިވަޅު ހަދިޔާކޮށްފައި.

ފަހުގެ ތައްޔާރީތަށް

10 ސެޕްޓެމްބަރު 2022

ތާރުއަޅަން ފެށުމުގެ ކުރިން މަގުތަކުގައި ކުރަންޖެހޭ މަސައްކަތުގެ އެންމެ ފަހުގެ ތައްޔާރީތައް ވަނީ ނިންމާލެވިފައި. އަދި ތާރު އެޅުމަށް ބޭނުންވާ އެންމެހާ ސާމާނުވަނީ ރަށަށް ގެނެވިފައި. 

ތާރުއެޅުމުގެ އަމަލީ މަސައްކަތް ފެށުން

29 ސެޕްޓެމްބަރު 2022

ކުލަގަދަ ރަސްމިއްޔާތަކާއިއެކު ތާރުއެޅުމުގެ އަމަލީ މަސައްކަތް ބަގީޗާމަގުން ވަނީ ފެށިފައި.