މިއީ ސަރުކާރުގެ ޕްރޮޖެކްޓެކެވެ.

ޓައިމްލައިން

ސޮއި ކުރުން

11 ސެޕްޓެމްބަރު 2019

މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގައި ކުރިއަށްދިޔަ ސޮއިކުރުމުގެ ރަސްމިއްޔާތުގައި ކައުންސިލް މެމްބަރުންނާއި އެމް.ޕީ އަޙްމަދު ސަލީމް ބައިވެރިވެ ވަޑައިގެންނެވިއެވެ. މި އެއްބަސްވުމުގައި ސޮއިކުރެވިގެން ދިޔައީ އެމް.ޓީ.ސީ.ސީ އާއި އެކު. އެއްބަސްވުމުގައި އެމް.ޓީ.ސީ.ސީ ގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޝާހު އެވެ.

މަސައްކަތް ފެށުން

04 އޮކްޓޯބަރު 2019

ސްޓޭޑިއަމްގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ އެމް.ޕީ ސަލީމް އަދި އެމް.ޓީ.ސީ.ސީ ގެ ސީއީއޯ ޝާހު އެވެ. މި ރަސްމިއްޔާތުގައު ރަށުގެ ރައްޔިތުންނާއި ޒުވާނުން  ބައިވެރިވިއެވެ. މި މަޝްރޫއު ކުރިއަށް ގެންދާނީ ތައްޔާރުކުރެވިފައިވާ ކުރެހުމާއި އެއްގޮތަށް މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހުށަހަޅާފައިވާ އަގަށް އަމިއްލަ ތަކެތީގައެވެ. 

ޕްރޮޖެކްޓްގެ އަދާހަމަ

02 ޖެނުއަރީ 2021

ފުޓްބޯޅަ ސްޓޭޑިއަމްގެ ސަބް ބޭސް މަސައްކަތާއި ބިންގަނޑު އެއްވަރުކުރުމުގެ މަސައްކަތް ފެށުން. 

ތަކެތި ރަށަށް

08 ފެބްރުއަރީ 2021

ސްޓޭޑިއަމް އަށް ބޭނުންވާ ޓާފް އަދި ރަބަރު ރަށަށް ގެނައުން.

މަޝްވަރާ

27 ފެބްރުއަރީ 2024

ކައުންސިލާ ފެނަކަ ކޯޕަރޭޝަން އާ އެކު މީޓިން އެއް ބޭއްވުނު. މި މީޓިންގ ގައި ފުޓްބޯޅަ ސްޓޭޑިއަމް ތަކާ، ދަނޑުތައް އަދި ކޯޓްތައް ސޯލާ ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނު.

ކަރަންޓްލުން

23 ޖޫން 2024

ހޯރަފުށީ ފުޓްބޯޅަ ސްޓޭޑިއަމް އަށް ތްރީފޭސް ކޭބަލްއަޅާ، ލައިޓްތައް ގުޅާލުމުގެ މަސައްކަތް ނިމުން.