މިއީ ސަރުކާރުގެ ޕްރޮޖެކްޓެކެވެ. އެމް.ޓީ.ސީ.ސީ އާއި ހަވާލްކޮށްގެން ގެންދާ މި ޕްރޮޖެކްޓްގެ އަގަކީ 6.39 މިލިއަން ރުފިޔާއެވެ.
ޓައިމްލައިން
މަސައްކަތް ފެށުން
20 ޖެނުއަރީ 2021މި މަޝްރޫއު ކުރިއަށް ގެންދިއުމަށް އެމް.ޓީ.ސީ.ސީ އާއި އެކު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ސޮއި ކުރުން. އެމް.ޓީ.ސީ.ސީ ގެ ފަރާތުން ސީ.އީ.އޯ އާދަމް އާޒިމް އަދި އެމް.އެން.ޕީ.އެޗް.އައި ގެ ފަރާތުން ސޮއިކޮށްފައިވަނީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގް.
އަމަލީ މަސައްކަތް ފެށުން
07 އޭޕްރީލު 2021ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް ފެށުން. ހިމާޔަތް ކުރަން ހަމަޖެހިފައިވާ ސަރަޙައްދުގައި ބޭއްވި މި ރަސްމިއްޔާތުގައި އަމަލީ މަސައްކަތް ފައްޓަވައިދެއްވީ އެމް.ޓީ.ސީ.ސީ ގެ ސީ.އީ.އޯ އާދަމް އާޒިމް އަދި އެމް.ޕީ ސަލީމް.
މަސައްކަތް ބައްލަވާލެއްވުން
31 މާރިޗު 2022ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ބައްލަވާލެއްވުމަށް އެމް.ޓީ.ސީ.ސީ ގެ ސީ.އީ.އޯ އާދަމް އާޒިމް ވަނީ މަސައްކަތްކުރާ ސަރަހައްދަށް ވަޑައިގެން މަސައްކަތްކުރާ ގޮތް ބައްލަވާ މަސައްކަތާ ބެހޭގޮތުން ހައްލުކުރަންޖެހޭ ކަންތައްތަކާއި މެދު މަޝްވަރާ ކުރައްވާފަ.
މަސައްކަތް ނިމުން
31 އޮކްޓޯބަރު 2022ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ފޭސް 1 ގެ މަސައްކަތް ކާމިޔާބުކަމާއިއެކު ވަނީ ނިމިފައި. މި މަސައްކަތުގެ ތެރެއިން ހެދި "އައިލެންޑް 1" ގެ މަސައްކަތްތަކުގެ ތެރޭގައި ބެކް ފިލިންގ އާއި ބެޑް ހެދުމާއި ޖިއޯބޭގް ބޭނުންކޮށްގެން ބްރޭކްވޯޓަރ އެއް ހެދުން ހިމެނޭ.
އަދި "އައިލެންޑް 2" ގެ މަސައްކަތްތަކުގެ ތެރޭގައި 2143ސީ.ބީ.އެމް ވެލި ނެގުމާއި ޖިއޯބޭގަށް އެޅުމާއި ގޯނިތަށް ބަންދުކޮށް ބެހެއްޓުމާއި 260މީޓަރ ރޮކްބޯލްޑަރ ޕްރޮކެޓްޝަން އަކާއި 62މީޓަރ ބްރޭކްވޯޓަރ އެކްޝްޓެންޝަން އެއް ހިމެނޭ.