މިއީ ކައުންސިލުން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓެކެވެ.

އަދި މިއީ އެމް.ޓީ.ސީ.ސީގެ ސީ.އެސް.އާރުގެ ދަށުން ޢިމާރާތްކުރެވި ޗަންޕާ ބްރަދާރސްގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓްގެ ޖުމްލަ އަގަކީ 1،198،489.92 ރުފިޔާ އެވެ.

ޓައިމްލައިން

ބިންގާ އެޅުން

31 މާރިޗު 2022

އެމް.ޕީ އަހްމަދު ސަލީމް އާއި ކައުންސިލް އަދި އެމް.ޓީ.ސީ.ސީގެ ސީއީއޯ އާދަމް އާޒިމް އާއި ހއ.އަތޮޅު މަދަރުސާގެ ދަރިވަރުންނާއި ޓީޗަރުން ހިމެނޭހެން ރަށުގެ ރައްޔިތުންނާއި އެކު ކުރިއަށް ގެންދެވުނު ޙަފްލާގައި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ އެމް.ޕީ އަހްމަދު ސަލީމް އާއި އާދަމް އާޒިމް އަދި ކައުންސިލްގެ ނައިބް ރައީސް އެވެ.  

އަމަލީ މަސައްކަތް ފެށުން

10 މޭ 2022

އަމަލީ މަސައްކަތް ފެށި އިމާރާތް ކުރެވިގެން ދިޔައީ އެމް.ޓީ.ސީ.ސީގެ ސީއެސްއާރުގެ ދަށުން.

އިޢުލާން ކުރުން

20 ޑިސެމްބަރު 2022

އިންޓަރނޭޝަނަލް ސްކޫލެއް ހިންގައިދޭން ފަރާތެއް ހޯދުމަށް އިއުލާން ކުރުން.

އެއްބަސްވުމުގައި ސޮއި ކުރުން

28 ފެބްރުއަރީ 2023

އެވިޑް ކޮލެޖާއެކު އެއްބަސްވުމުގައި ސޮއި ކުރުން.

ހިލޭ އެހީ

21 މޭ 2023

ވިޔަފާރިވެރިޔާ  ޗަންޕާ މުޙައްމަދު މޫސާ (އުއްޗު) ގެ ފަރާތުން 1.17 މިލިއަން ރުފިޔާގެ އެހީ އެއް ސްކޫލް ތަރައްޤީ ކުރުމަށްވަނީ ދެއްވާފައެވެ.

ސްކޫލް ހުޅުވުން

01 ޑިސެމްބަރު 2024

8 މުވައްޒަފުންނާއި 47 ދަރިވަރުންނާއި އެކު ސްކޫލް ހުޅުވުން.