މިއީ ސަރުކާރުގެ ޕްރޮޖެކްޓެކެވެ.
ޓައިމްލައިން
މަސައްކަތް ފެށުން
16 ޖޫން 2021ފެނަކަ ހޯރަފުށީ ބްރާންޗް އޮފީސް އާ އިމާރާތް ގާއިމް ކުރުމާބެހޭގޮތުން ފެނަކަ އެމް.ޑީ ސާއީދު އާއިއެކު މީޓިން އެއް ބޭއްވުން. މި މީޓިންގައި ކައުންސިލް އަދި އެމް.ޕީ ސަލީމް ބައިވެރިވެވަޑައިންނެވި.
އަމަލީ މަސައްކަތް
03 ސެޕްޓެމްބަރު 2021ފެނަކަ ހޯރަފުށީ ބްރާންޗް އޮފީސް އާ އިމާރާތުގެ ބިންގާ އެޅުން. ބިންގާ އަޅުއްވައިދެއްވީ ފެނަކަ އެމް.ޑީ ސައީދު އަދި އެމް.ޕީ ސަލީމް. މި ރަސްމިއްޔާތުގައި ކައުންސިލް މެމްބަރުންނާއި ސަރުކާރުގެގެ އިސް ވެރިންނާއި ފެނަކަ ހޯރަފުށީ ބްރާންޗްގެ ސްޓާފުންގެ އިތުރުން ރަށުގެ ރައްޔިތުން ވަނީ ބައިވެރިވެފައި.
މަޝްވަރާ ބައްދަލުވުން
01 އޯގަސްޓު 2024ބަޖެޓް ކުރެވިފައިވާ ތަރައްޤީގެ މަޝްރޫއުތަކާ ޕްރޮޖެކްޓް ތައް ނުފެށި ލަސްވަމުންދާތީ ފެނަކަ ކޯޕަރޭޝަން އާއެކު ހޯރަފުށީ ކައުންސިލުން ބައްދަލުވުމެއް ބޭއްވުނު. މި ބައްދަލުވުމުގައި ފެނަކަ ހޯރަފުށީ ބްރާންޗްގެ އޮފީސް އާ އިމާރާތް ނިންމާ މުވައްޒަފުންނަށް މަސައްކަތުގެ މާހައުލު ތަނަވަސް ކުރުމުގެ މުހިއްމުކަމާ، މިހާރު ހުރި ދަތިތައް ހިއްސާ ކުރެވުނު. މި ބައްދަލުވުމުގައި ދާއިރާގެ މެމްބަރު އަލީ މޫސާ ބައިވެރިވެވަޑައިންނެވި.