މިއީ ސަރުކާރުގެ ޕްރޮޖެކްޓެކެވެ.

ޓައިމްލައިން

މަސައްކަތް ފެށުން

31 މޭ 2018

އެއަރޕޯޓް ހެދުމަށް ބިންހިއްކުމަށްޓަކައި އީ.އައި.އޭ ހެދުމަށް ހަވާލުވެފައިވާ ޓީމްގެ ބޭފުޅުން ކައުންސިލާ ބައްދަލުކުރުން. 

އަމަލީ މަސައްކަތް

25 މާރިޗު 2019

ހޯރަފުށީ އެއަރޕޯޓް ގެ ޢަމަލީ މަސައްކަތް އެމް.ޓީ.ސީ.ސީ އާއި ހަވާލިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ހޯރަފުށީގައެވެ. މި ރަސްމިއްޔާތަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އޮނަރަބަލް ޢާއިޝަތު ނަހުލާ ހޯރަފުށްޓަށް ވަޑައިގެންފައިވެއެވެ. 

އަމަލީ މަސައްކަތް

14 އޭޕްރީލު 2019

އެއަރޕޯޓް އެޅުމަށް ބިން ހިއްކުމަށްޓަކައި މަހާ ޖައްރާފް ހޯރަފުށްޓަށް ބަނދަރުކުރުން. 

ތާރުއެޅުން

23 ފެބްރުއަރީ 2020

އެއަރޕޯޓް ބިން ހިއްކާ ނިންމާ ތާރުއެޅުމުގެ އަމަލީ މަސައްކަތް ފެށިގެންގޮސްފައިވަނީ ކުލަގަދަ ރަސްމިއްޔާތަކާއި އެކު ރައްޔިތުން މިކަމުގެ އުފަލުގައި އެމް.ޓީ.ސީ.ސީ އަށް ހަދިޔާކުރި ފަރިޔޮޅު ޖާފަތާއި އެކުއެވެ. މި ރަސްމިއްޔާތުގައި ދާއިރާގެ އެމް.ޕީ ސަލީމް ބައިވެރިވެ ވަޑައިގެންފައިވެއެވެ. 

ތާރުއެޅުން

23 މާރިޗު 2020

އެއަރޕޯޓް ގައި ތާރުއެޅުމަށް ބޭނުންވާ ސާމާނާއި އެކު އުޅަނދުތަށް ހޯރަފުށްޓަށް ވަނީ ބަނދަރުކޮށްފައެވެ.

ތާރުއެޅުން

11 ޖޫން 2020

އެއަރޕޯޓް ރަންވޭގައި އެޅުމަށް ބޭނުންވާ ތާރު ހޯރަފުށްޓަށް ގެނައުން.

ތާރުއެޅުން

29 އޯގަސްޓު 2020

އެއަރޕޯޓް ރަންވޭގައި ތާރު އެޅުން ފެށިފައިވަނީ ކުލަގަދަ ރަސްމިއްޔާތަކާއި އެކު ގިނަ އަދަދެއްގެ ރައްޔިތުންގެ ބައިވެރިވުމާއި، އެމް.ޓީ.ސީ.ސީ އަށް ހަދިޔާ ކުރެވުނު ފަރިޔޮޅު ޖާފަތްތަކާއިއެކު އެވެ. 

ޓާރމިނަލް ގެ އަމަލީ މަސައްކަތް

21 ސެޕްޓެމްބަރު 2020

އެއަރޕޯޓް ޓާރމިނަލްގެ އަމަލީ މަސައްކަތް ފެށުން. މިމަސައްކަތުގައި ގިނަ އަދަދެއްގެ ހޯރަފުށީ ޒުވާނުން  ބައިވެރިވެފައިވެއެވެ. 

މަސައްކަތް ބައްލަވާލެއްވުން

15 އޮކްޓޯބަރު 2020

އެއަރޕޯޓް ޕްރޮޖެކްޓް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމުގައި މަސައްކަތް ދާގޮތް ބައްލަވާލެއްވުމަށް ޓަކައި އެމް.ޓީ.ސީ.ސީ ގެ ސީ.އީ.އޯ އާދަމް އާޒިމް ވަނީ ހޯރަފުށްޓަށް ވަޑައިގެން މަސައްކަތް ކުރާ ސަރަޙައްދަށް ޒިޔާރަތް ކުރައްވާފައެވެ. ކޮވިޑުގެ ދަތި ހާލަތުގައި ވެސް މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށްޓަކައި މަޝްވަރާކޮށް ދިމާވާ ދަތިތައް ހައްލު  ކުރުމުގެ މަޝްވަރާތަށް ކުރެވިގެން ދިޔައެވެ. 

އިތުރު ސާމާނު ރަށަށް

30 އޮކްޓޯބަރު 2020

އެއަރޕޯޓަށް ބޭނުންވާ ފަޔަރ ލޮރީ ރަށަށް ގެނައުން. 

ފަހުގެ ތައްޔާރީތައް

13 ނޮވެމްބަރު 2020

އެއަރޕޯޓްގެ މަސައްކަތް ނިމުމަކާގާތްވެ ހުޅުވަން ތައްޔާރުވުމުގެ ގޮތުން ރަށުގެ ކުދި ބޮޑު ރައްޔިތުން ނިކުމެ އެއަރޕޯޓް ސާފުކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. 

ޓެސްޓް ފްލައިޓް

16 ނޮވެމްބަރު 2020

އެމް.ޓީ.ސީ.ސީ އާއި އެމް.ޕީ ސަލީމް ގެ ހިތްވަރާއިއެކު އެކު ހޯރަފުށީގެ ކުދިބޮޑު އެންމެހާ ރައްޔިތުން ބައިވެރިވެގެން  ކޮވިޑް ގެ ދަތި ހާލަތުގައިވެސް ހުއްޓުމެއްނެތި މަސައްކަތްކޮށް ރާއްޖޭގައި އެންމެ އަވަސް މުއްދަތެއްގައި ނިންމި ހޯރަފުށީ އެއަރޕޯޓަށް ފުރަތަމަ ޓެސްޓް ފްލައިޓް ވަނީ ޖައްސާފައެވެ. ގިނަ އަދަދެއްގެ ރައްޔިތުން މި އުފާވެރި މަންޒަރު ބަލާލުމަށްޓަކައި އެއަރޕޯޓް ސަރަޙައްދަށްވަނީ އެއްވެފައެވެ. 

ޖާފަތް

17 ނޮވެމްބަރު 2020

އެއަރޕޯޓް ނިންމުމުގެ އުފަލުގައި ރައްޔިތުން ވަނީ ބޮޑު ޖާފަތެއް ތައްޔާރުކޮށްފައެވެ. އަދި އެމް.ޕީ ސަލީމް އާއި އެމް.ޓީ.ސީ.ސީ ގެ ބޭފުޅުންނާއި އެކު ރައްޔިތުން އެއްތާކަށް އެއްވެ ޖާފަތަށްވަނީ އިންސާފް ކޮށްފައެވެ.  

ހުޅުވުން

19 ނޮވެމްބަރު 2020

ހޯރަފުށީ އެއަރޕޯޓް ޙުޅުވުމުގެ އުފާވެރި ރަސްމިއްޔާތަށް މުޅި ހޯރަފުށި ވަނީ ދިދަފަތި ދަމާ ވަރަށް ބޮޑަށް ޒީނަތްތެރި ކޮށްފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި އެއަރޕޯޓް ހުޅުވައިދެއްވީ ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު އެވެ. މި ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރ ޢާއިޝަތު ނަހުލާ އާއި އެމް.ޕީ ސައްލެ އަދި ސަރުކާރާއި މިނިސްޓްރީ ތަކާއި ކުންފުނި ތަކުގެ އިސްވެރިންގެ އިތުރުން ހޯރަފުށީގެ ގިނަ  އަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވެއެވެ. 

އިތުރު ސާމާނު ރަށަށް

06 ފެބްރުއަރީ 2021

އެއަރޕޯޓަށް ބޭނުންވާ ވެހިކަލް ތަކާއި އިތުރު ސާމާނު ރަށަށް ގެނެސްފައިވެއެވެ. 

އެއަރޕޯޓް ސަރަޙައްދު ހިމާޔަތް ކުރުން

01 ޖުލައި 2021

އެމް.ޓީ.ސީ.ސީ އިން ވަނީ ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި އެކު އެއަރޕޯޓް ސަރަޙައްދު ހިމާޔަތް ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި ޕްރޮޖެކްޓްގެ ދަށުން  ރަންވޭގެ ދެފަރާތުން 2861 މީޓަރު ހިލަ ޖަހައިގެން  ހިމާޔަތް ކުރުމާއި ހޯރަފުށްޓާއި އެއަރޕޯޓް ކޯޒްވޭ އަކުން ގުޅާލުން ހިމެނެއެވެ. މިއީ 90.5 މިލިއަންގެ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓް ނިންމުމުގެ މުއްދަތަކީ 360 ދުވަހެވެ. 

ރޭގަނޑުގެ ދަތުރުތައް

13 އޯގަސްޓު 2022

ހޯރަފުށި އެއަރޕޯޓްގެ ރޭގަނޑުގެ ދަތުރުތައް ކުރެވޭގޮތަށް އެއަރޕޯޓް ރަންވޭގައި ލައިޓް ޖެހުމަށް ސަރުކާރުން ނިންމެވުން.

ރޭގަނޑުގެ ދަތުރުތައް

27 ޖުލައި 2023

ހޯރަފުށީ އެއަރޕޯޓްގެ ރޭގަނޑުގެ ދަތުރުތައް ފެށުމަށް އެއަރޕޯޓްގެ ލައިޓްޖަހާ  އެންމެ ފަހުގެ ތައްޔާރީތައް ނިމުން.

ރޭގަނޑު ދަތުރުތައް

04 އޯގަސްޓު 2023

ހޯރަފުށީ އެއަރޕޯޓްގެ ރޭގަނޑުގެ ދަތުރުތަށް ފަށާ ފުރަތަމަ ފްލައިޓް ޖެއްސުން.