މިއީ ސަރުކާރުގެ ޕްރޮޖެކްޓެކެވެ. ހާފްވޭހައުސް އެޅުމަށް 10،000 އަކަފޫޓުގެ ބިމެއް، ކައުންސިލުން ވަނީ ދޫކޮށްފައެވެ. މިއީ 5.99 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ.
ޓައިމްލައިން
ސޮއި ކުރުން
14 މާރިޗު 2021ހާފްވޭ ހައުސްގެ ޑީޓެއިލް ޑްރޯވިންގ އާއި ބީ.އޯ.ކިއު ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރުން މިނިސްޓްރީ އޮފް ހޯމް އެފެއާޒްގައި ކުރިއަށް ގެންދިއުން.
މަޝްވަރާ
12 މޭ 2021ހާފްވޭ ހައުސްގެ އިމާރާތުގެ މަސައްކަތް ކުރިއަށް ގެންދިއުމާ ބެހޭގޮތުން ހޯމް މިނިސްޓަރ އާއި އެމް.ޓީ.ސީ.ސީ ގެ ސީ.އީ.އޯ އާއި އެކު އެމް.ޕީ އަޙްމަދު ސަލީމް ވަނީ މަޝްވަރާގެ ބައްދަލުވުމެއް ބާއްވާފައި.
ބިންގާ އެޅުން
29 ޖުލައި 2022ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި އެމް.ޓީ.ސީ.ސީ ގެ އިސް ވެރިން އަދި ހޯމް މިނިސްޓަރ ޝެއިޚް އިމްރާން އަބްދުﷲ ބައިވެރިވެ ވަޑައިންނެވި.
އަމަލީ މަސައްކަތް ފެށުން
30 އޮކްޓޯބަރު 2022ހާފްވޭ ހައުސްގެ އަމަލީ މަސައްކަތް މި ޕްރޮޖެކްޓް ކުރިއަށްގެންދާ އެމް.ޓީ.ސީ.ސީ ގެ ފަރާތުން ވަނީ ފަށާފައި.
ޕްރޮޖެކްޓް އަދާހަމަ
02 ޖެނުއަރީ 2023ޕްރޮޖެކްޓްގެ ފައުންޑޭޝަން ބީމް އަދި ކޮލަމް ވޯރކްސް ވަނީ ނިމިފައި. މިހާރު ކުރިއަށް ދާ ފުރާޅު ބީމްގެ މަސައްކަތުގެ %81 ވަނީ ފުރިހަމަ ކުރެވިފައި.
ޕްރޮޖެކްޓް އަދާހަމަ
08 އޭޕްރީލު 2023ފުރާޅުގެ އޮނިގަނޑު ހެދުމުގެ މަސައްކަތް ވަނީ ފުރިހަމަ ކުރެވިފަ. މިހާރު ކުރިއަށް ދަނީ ޓިނުޖެހުމާއި ޕްލާސްޓަރިންގ ގެ މަސައްކަތް.
ޕްރޮޖެކްޓް އަދާހަމަ
03 މޭ 2023ހާފްވޭ ހައުސް އިމާރާތުގެ %50 މަސައްކަތް ވަނީ ފުރިހަމަ ކުރެވިފައި. ފުރާޅުގެ މަސައްކަތް ނިމި މުޅި އިމާރާތް ވަނީ ހިޔާކުރެވިފައި. މިހާރު ކުރިއަށްދަނީ ސީލިންގ އަދި ޕްލާސްޓަރިންގ މަސައްކަތް.
ޕްރޮޖެކްޓް އަދާހަމަ
09 ޖުލައި 2023އެމް.ޓީ.ސީ.ސީ ގެ ޓީމް އަދި ސީ.އީ.އޯ އާދަމް އާޒިމް ވަނީ ކައުންސިލާ ބައްދަލުކޮށް ޕްރޮޖެކްޓްގެ މަސައްކަތާބެހޭ މައުލޫމާތު ހިއްސާ ކޮށްފައި.
މަސައްކަތް ނިމުން
24 ޖެނުއަރީ 2024ހާފްވޭ ހައުސްގެ މަސައްކަތް ފުރހަމަކަމާއި އެކު ވަނީ ނިންމާލާފައި.