މިއީ ކައުންސިލްގެ ޕްރޮޖެކްޓެކެވެ.
ޓައިމްލައިން
މަސައްކަތް ފެށުން
11 ޑިސެމްބަރު 2017ދެކުނު ދަނޑު ތަރައްޤީ ކުރަން ނިންމާ އަމަލީ މަސައްކަތް ވަނީ ފެށިފައި. ދަނޑު ވިނަނޮޅާ ސާފުކުރަން ވަނީ ފެށިފައި.
ޕްރޮޖެކްޓް ގެ އަދާހަމަ
15 ޑިސެމްބަރު 2017ދަނޑު ސާފުކޮށް ކަރަންޓްލުމުގެ މަސައްކަތް ވަނީ ފެށިފައި.
ޕްރޮޖެކްޓް ގެ އަދާހަމަ
28 މޭ 2019ދަނޑުގައި ޓާފް އަޅައިދޭނެ ފަރާތެއް ހޯދަން އިއުލާން ކުރުން.
ޕްރޮޖެކްޓް ގެ އަދާހަމަ
10 ޑިސެމްބަރު 2019ދެކުނު ދަނޑުގައި ޓާރފް އެޅުމުގެ މަޝްވަރާތައް އެމް.ޓީ.ސީ.ސީ އާއިއެކު ވަނީ ކުރެވިފަ. މި ބައްދަލުވުމުގައި ސީ.އީ.އޯ އާދަމް އާޒިމް ބައިވެރިވެވަޑައިންނެވި.
ޕްރޮޖެކްޓް ގެ އަދާހަމަ
06 މާރިޗު 2020އެމް.ޓީ.ސީ.ސީ އިން ރަށުގައި ކުރިއަށްދާ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ސީ.އީ.އޯ އާދަމް އާޒިމް ވަނީ ހޯރަފުށްޓަށް ވަޑައިގެން ކައުންސިލާ ބައްދަލުކުރައްވާފައި. މި ބައްދަލުވުމުގައި ދަނޑުގައި ޓާރފް އެޅުމުގެ ކުރިން ކުރަންޖެހޭ ސަބް ބޭސް މަސައްކަތް ހަފްތާއެއްތެރޭ ނިންމާލެވޭނެކަމުގެ ޔަޤީންކަން ދެއްވި.
ޕްރޮޖެކްޓް ގެ އަދާހަމަ
13 އޮކްޓޯބަރު 2020ހެބިޓެޓް ޕްރައިވެޓް ލިމިޓެޑާއި ޓާރފް އެޅުމުގެ މަސައްކަތް ވަނީ ހަވާލުކުރެވިފައި.
ޕްރޮޖެކްޓް ގެ އަދާހަމަ
30 ޖުލައި 2021ދަނޑުގައި ޓާފް އެޅުމުގެ ހުރިހާ މަސައްކަތެއްވަނީ ނިންމާލެވިފައި.
ދަނޑު ހުޅުވުން
02 އޯގަސްޓު 2021"ހޯރަފުށީ ޔޫތު ފުޓްބޯޅަ ޓޯނަމެންޓް" އާއި އެކު ދަނޑު ވަނީ ހުޅުވާފައި.