މިއީ އައި.އޭ.ސީ ރެފްރިޖަރޭޝަންގެ ސީ.އެސް.އާރުގެ ދަށުން އިސްރަށްވެހިންނަށް ޚާއްސަކޮށްގެން ގާއިމްކޮށްފައިވާ ޕާކެކެވެ. މި ޕާކު ފަރުމާކޮށްފައިވަނީ ކުޑަކުދިންނަށްވެސް ކުޅެ މަޖާކޮށްލެވޭނެ ފަދަގޮތަކަށެވެ. 

ޓައިމްލައިން

މަސައްކަތް ފެށުން

01 ޖެނުއަރީ 2023

އައި.އޭ.ސީ ރެފްރިޖަރޭޝަންގެ ފަރާތުން ހއ.ހޯރަފުށީ ޗާންދަނީގެ އިބްރާހިމް އާދަމް ގެ ބެލުމުގެ ދަށުން މި މަސައްކަތްފަށާ ކުރިއަށް ގެންދިޔައިރު ރަށުގެ ޒުވާނުންގެ ފަރާތުން މި ޕްރޮޖެކްޓްގެ އަމަލީ މަސައްކަތުގައި ބޮޑު އެހީތެރިކަމެއް ލިބިގެން ދިޔަކަން ފާހަގަކުރެވެއެވެ.

ޕާކު ހުޅުވުން

09 ޖުލައި 2023

މަސައްކަތް ނިންމާ ޕާކު ހުޅުވިގެން ދިޔައީ އަޟްހާ އީދުގައި ކުރިއަށް ގެންދެވުނު އީދު ހުޅުރޯކުރުމުގެ ހަރަކާތަށްފަހު އެވެ. ޕާކު ހުޅުވައިދެއްވީ އައި.އޭ.ސީގެ ފަރާތުން އިބްރާހިމް އާދަމް އާއި އެކު ކައުންސިލް މެމްބަރު އިބްރާހިމް ޝާކިރު އެވެ. އަދި މި ޕްރޮޖެކްޓް ކުރިއަށް ގެންގޮސް ފުރިހަމަކަމާއެކު ނިންމާލަ ދެއްވީތީ ކައުންސިލްގެ ފަރާތުން އައި.އޭ.ސީ އަށް ހަނދާނީ ފިލައެއް އަރުވާފައި ވެއެވެ.