މިއީ ސަރުކާރުގެ ޕްރޮޖެކްޓެކެވެ.
ޓައިމްލައިން
މަސައްކަތް ފެށުން
09 ސެޕްޓެމްބަރު 2022ފެރީ ޓާރމިނަލް އެޅުމަށް ހަމަޖެހިފައިވާ ބިން ދޫކުރުން.
އަމަލީ މަސައްކަތް
07 އޭޕްރީލު 2021ފެރީ ޓާރމިނަލްގެ މަސައްކަތްކުރާ އެމް.ޓީ.ސީ.ސީ ގެ ޓީމް ހޯރަފުށްޓަށް އައުން.
ބިންގާ އެޅުން
07 އޭޕްރީލު 2021ފެރީ ޓާރމިނަލްގެ ބިންގާ އެޅުއްވައިދެއްވީ ކައުންސިލްގެ ރައީސް އަދި އެމް.ޓީ.ސީ.ސީ ގެ ސީ.އީ.އޯ އާދަމް އާޒިމް. މި ރަސްމިއްޔާތުގައި އެމް.ޕީ ސަލީމް އަދި ރަށުގެ ގިނަ ރައްޔިތުން ބައިވެރިވި.
އަމަލީ މަސައްކަތް ފެށުން
18 އޭޕްރީލު 2021ހައި-ސްޕީޑް ފެރީ ނިޒާމުގެ ޚިދުމަތް ފެށުމަށް ރަށްރަށުގައި އަޅާ ފެރީ ޓަރމިނަލްގެ، ފުރަތަމަ ޓަރމިނަލްގެ މަސައްކަތް ހޯރަފުށީގައި ފެށުން.
މަސައްކަތް ބައްލަވާލެއްވުން
17 ޖުލައި 2021ފެރީ ޓާރމިނަލްގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް އެމް.ޓީ.ސީ.ސީ ގެ ސީ.އީ.އޯ އާދަމް އާޒިމް ވަނީ މަސައްކަތްކުރާ ސައިޓަށް ޒިޔާރަތްކުރައްވާފަ.
މަސައްކަތް ނިމުން
11 އޭޕްރީލު 2023ފެރީ ޓާރމިނަލްގެ މަސައްކަތް އެމް.ޓީ.ސީ.ސީ އިން ނިންމުން. ނަމަވެސް ފެރީޓާމިނަލް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ރަށުގެ ފަރުދުން އަމިއްލަ އަށް އިސްނަގައިގެން ގިނަ މަސައްކަތްތަކެއްކޮށް ޓާރމިނަލްވަނީ ދިވެހިވަންތަ ސިފަތަކަކާއި އެކު ނިންމާލާފައެވެ.
ޓާމިނަލް ހަވާލުކުރުން.
23 ސެޕްޓެމްބަރު 2023އެމް.ޓީ.ސީ.ސީ އިން ކައުންސިލާއިއެކު އެމް.އޯ.ޔޫ އެއްގައި ސޮއިކޮށް ޓާރމިނަލް ކައުންސިލާއި ހަވާލްކުރުން.