މިއީ މިސްކިތްތައް ޒީނަތްތެރިކޮށް މިސްކިތުގައި ނަމާދުކުރާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ކައުންސިލުން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓެކެވެ. އަދި މިކަން ކުރުމުގައި ވަރަށްގިނަ ފަރާތްތަކެއްގެ ދީލަތި އެހީތެރިކަން ލިބިފައިވެއެވެ. ޚާއްސަކޮށް ރަށުގެ ހުރިހާ މިސްކިތްތަކެއްގައި އޭ.ސީ ހަރުކުރުމުގެ މަސައްކަތްތައް ހިލޭ ސާބަހަށް ކޮށްދެއްވާފައިވަނީ އައި.އޭސީ ގެ ފަރާތުން އިބްރާހިމް އާދަމް އެވެ.
ޓައިމްލައިން
މަސައްކަތް ފެށުން
14 ޖެނުއަރީ 2018މަސްޖިދުލް އައްވާބުގައި އޭ.ސީ ހަރުކުރުމަށްޓަކައި 3 ފޭސް ކަރަންޓް ލުމުގެ މަސައްކަތް ސޭސް ކުންފުންޔާއި އެމް.ޑަބްލިއު.އެސް.ސީ ގެ އެހީތެރިކަމާއިއެކު ވަނީ ފެށިފައި.
ޕްރޮޖެކްޓްގެ އަދާހަމަ
10 ފެބްރުއަރީ 2018ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާއިއެކު މަސްޖިދުލް އައްވާބުގައި އޭ.ސީ ހަރުކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށްދަނީ.
ޕްރޮޖެކްޓްގެ އަދާހަމަ
18 މާރިޗު 2018މަސްޖިދުލް އައްވާބުގައި އޭސީ ހަރުކުރުމުގެ މަސައްކަތާއި އެކު ކާޕެޓް އެޅުމުގެ އިންތިޒާމް ހަމަޖެހި ކާޕެޓާއި ބޭނުންވާ މުހިންމު ސާމާނުތައް ވަނީ ލިބިފައި. ރަމަޟާން މަހުގެ ކުރިން މި ދެ މަސައްކަތް ކޮށް ނިންމާލެވޭނެ.
ޕްރޮޖެކްޓްގެ އަދާހަމަ
03 މޭ 2018ހެޔޮއެދޭ ފަރާތެއްގެ އެހީތެރިކަމާއިއެކު ޞިއްދީގު އަދި އިޚްލާސް މިސްކިތުގެ ކާޕެޓް އެޅުމުގެ މަސައްކަތް ވަނީ ފެށިފައި.
ޕްރޮޖެކްޓްގެ އަދާހަމަ
05 މޭ 2018މަސްޖިދުލް ފުރުޤާންގައި އެ.ސީ ހަރުކުރުމުގެ މަސައްކަތް ނިމިފައި. މިކަން ފުރިހަމަކުރެވިފައި މިވަނީ ހޯރަފުށީ ފިނިވާގެ ހާޝިމްގެ ދީލަތި އެހީތެރިކަމާއިއެކު.
ޕްރޮޖެކްޓްގެ އަދާހަމަ
05 އޭޕްރީލު 20221443 ވަނަ އަހަރުގެ ރޯދައަށް މިސްކިތްތައް ޒީނަތްތެރި ކޮށް، ނެވިލޯން އެޅި، އާބާތުރަ ފިލުވުމުގެ މުހިއްމު މަސައްކަތް ތަކެއް ވަނީ ކުރެވިފައި.
ޕްރޮޖެކްޓްގެ އަދާހަމަ
05 އޭޕްރީލު 20221443 ވަނަ އަހަރުގެ ރަމަޟާން މަހަށް އަމާޒު ކޮށް މިސްކިތްތައް އޭސީ ކުރުމުގެ ޕްރޮގްރާމްގެ ދަށުން ވަނީ ސިއްދީގު މިސްކިތް އޭސީ ކޮށް ނިންމާލެވިފައި.
ޕްރޮޖެކްޓްގެ އަދާހަމަ
03 މާރިޗު 2025އައި. އޭސީ ރެފްރިޖިރޭޝަންގެ ފަރާތުން ފުރްގާން މިސްކިތުގެ އޭސީ ހަރުކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށް ދަނީ .