މިއީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓެކެވެ. 

މި ޕާކު ތަރައްޤީކުރުމުގެ މަސައްކަތް ފެށުމުގެ ގޮތުން، އެކި ފަރާތްތަކުގެ އެހީތެރިކަން ހޯދުމުގެ މަސައްކަތް ފެށުނު. އެގޮތުން، ފެނަކަ ކޯޕަރޭޝަން ހޯރަފުށީ ބްރާންޗުގެ ހިލޭ އެހީ ލިބި، ޕާކުގެ ވަށާފާރުގެ އެންމެހާ މަސައްކަތްތައް އެ ކުންފުނީގެ ފަރާތުން ކޮށްދެއްވި.
04 މަސްދުވަހުން މަސައްކަތް ނިންމާ 1445 ވަނަ އަހަރުގެ އަޟްޙާ ޢީދުގައި މި ޕާކު ހުޅުވުނު އިރު މުޅި ޕްރޮޖެކްޓަށް ކައުންސިލްގެ ބަޖެޓުންނާއި ޑަބްލިއު.ޑީ.ސީގެ ބަޖެޓުން އަދި، ހއ.އަތޮޅު ކައުންސިލުން އަތޮޅުގެ ރަށްތަކަށް މާލީ އެހީ ދިނުމަށް ހުޅުވާލި ފުރުސަތުގައި، ހޯރަފުށީ ކައުންސިލުން ޕްރޮޕޯސަލް ހުށަހަޅައި، އަތޮޅު ކައުންސިލުން އެހީގެ ގޮތުގައި ދިނުމަށް ނިންމި އެއްލައްކަ ރުފިޔާއާ އެކު ޖުމްލަ 415,542.69 (ހަތަރުލައްކަ ފަނަރަހާސް ފަސްސަތޭކަ ސާޅީސް ދެ ރުފިޔާ / ފަސްދޮޅަސް ނުވަލާރި) ހޭދަކުރެވިފައިވޭ. 

ޓައިމްލައިން

މަސައްކަތް ފެށުން

03 ޖުލައި 2023

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވީ ހޯރަފުށީ ދާއިރާގެ އިއްޒަތްތެރި މެމްބަރ އަހްމަދު ސަލީމް އާއީ އެކު ރަށުގެ ތުއްތު ކުދިންނެވެ. 

ޕާކު ހުޅުވުން

03 ޖުލައި 2023

"ބިދަބިން" ބޮޑުބެރު ގުރޫޕްގެ ޙަރަކާތް ތަކަކާއި އެކު ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި ކުޑަކުދިންނާއި އެކު ޕާކު ހުޅުވިގެން ދިޔައީ ކުލަގަދަ ރަސްމިއްޔާތަކާއި އެކުއެވެ.