މިއީ ސަރުކާރުގެ ޕްރޮޖެކްޓެކެވެ. 

ޓައިމްލައިން

މަސައްކަތް ފެށުން

16 ޖޫން 2021

ހޯރަފުށީ ކައުންސިލް އާ އިމާރާތް ގާއިމް ކުރުމުގެ މަޝްރޫއުގައި ސޮއިކުރުން. 

ސޮއިކުރުން

09 ސެޕްޓެމްބަރު 2022

އިމާރާތް ހެދުމުގެ އެއްބަސްވުމުގައި ފާސްޓްލައިން ޕްރައިވެޓް ލިމިޓެޑާ އެކު ސޮއިކުރުން.

ބިންގާ އެޅުން

20 ނޮވެމްބަރު 2022

ކައުންސިލް އިދާރާގެ އާ އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ފާސްޓްލައިން ޕްރައިވެޓް ލިމިޓެޑްގެ އިސްފަރާތް ތަކުގެ އިތުރުން ކައުންސިލް މެމްބަރުންނާއި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ރައްޔިތުން ބައިވެރިވެފައިވޭ. އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ކައުންސިލް މެމްބަރުން. 

މަޝްވަރާ ބައްދަލުވުން

27 މޭ 2024

އެލްޖީއޭ އާ ހޯރަފުށީ ކައުންސިލާއެކު މަޝްވަރާ ބައްދަލުވުމެއް ވަނީ ބޭއްވިފައި.
މިބައްދަލު ވުމުގައި ކައުންސިލްގެ އާ އިމާރާތާ ގުޅޭ ގޮތުންވަނީ މަޝްވަރާ ކުރެވިފައި.

މަސައްކަތް ބައްލަވާލެއްވުން

13 ޖޫން 2024

ތަރައްޤީގެ މަޝްރޫޢުތަކާ، ކައުންސިލްގެ ޕްރޮޖެކްޓްތައް ބަލާ މައްސަލަތައް ދެނެގަތުމުގެ ޒިޔާރަތުގެ ތެރެއިން ކައުންސިލް އާ އިމާރާތުގެ މަސައްކަތް ކުރިއަށްދާގޮތް ކައުންސިލްގެ ރައީސް އަދި އިކޮނޮމިކް ސެކްޝަންގެ ސްޓާފުން ވަނީ ބައްލަވާލައްވާފައި.

މަސައްކަތް ބައްލަވާލެއްވުން

09 ފެބްރުއަރީ 2025

އެލްޖީއޭގެ ސްޓާފުން ހޯރަފުށީ ކައުންސިލްގެ އާ އިމާރާތް ބައްލަވާލެއްވުމަށް ވަނީ ޒިޔާރަތް ކުރައްވާފައި. އަދި މި ޒިޔާރަތުގައި ކައުންސިލާއި ބައްދަލުކޮށް އިމާރާތުގެ މަސައްކަތުގައި އިތުރަށް ރަނގަޅުކުރަންޖެހޭ ކަންތައްތަކާއި ވަނީ މަޝްވަރާކުރައްވާފައި.