މިއީ ހޯރަފުށީ ކައުންސިލުން އިސްނަގައިގެން ކައުންސިލްގެ ބަޖެޓުން ޚަރަދުކޮށްގެން، ކައުންސިލްގެ މުވައްޒަފުންގެ އެހީތެރިކަމާއެކު ހެދިފައިވާ ޕާކެއް. މި ޕްރޮޖެކްޓަށް ޚަރަދުވެފައިވަނީ 407،966.3 ރުފިޔާ އެވެ.

ޓައިމްލައިން

މަސައްކަތް ފެށުން

01 ޖެނުއަރީ 2023

މިއީ ކައުންސިލްގެ ޕްރޮޖެކްޓެކެވެ. 

މި ޕްރޮޖެކްޓަަށް އެހީތެރިވުމުގެ ގޮތުން ހައިޑްސް ޖަމުޢިއްޔާގެ ފަރާތުން ވަނީ ޕާކުގެ ވަށާފާރު ރޭނުމުގެ މަސައްކަތްކޮށްދެއްވާފައެވެ.

ފާކު ހެދުމާއި ޒީނަތްރެތިކުރުމާއި ފެހިކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ކައުންސިލްގެ ސްޓާފުންނެވެ.

މަސައްކަތް ނިންމާ ޕާކު ހުޅުވުން

22 ޖުލައި 2024

ޕާކުގެ މަސައްކަތް ނިންމާ ކުޑަކުދިންނާއި އެކު ޕާކު ހުޅުވުމުގެ ރަސްމިއްޔާތު ވަނީ ބޭއްވިފައެވެ. އަދި މި ޙަރަކާތުގައި ކައުންސިލްގެ ފަރާތުން ކުޑަކުދިންނަށް ހަދިޔާ ދިނުން ކުރިއަށްގެންގޮސްފައިވެއެވެ،