މިއީ ސަރުކާރުގެ ޕްރޮޖެކްޓެކެވެ. އެމް.ޓީ.ސީ.ސީ އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި ޕްރޮޖެކްޓަށް ޖުމްލަ 30.46 މިލިޔަން ރުފިޔާ ޚަރަދުވާނެކަމަށް އެމް.ޓީ.ސީ.ސީން ވިދާޅުވޭ. މި މަޝްރޫއުގެ ތެރެއިން ހޯރަފުށީގައި އާންމުކޮށް ބޭނުންކުރާ 17 މަގެއް ޒަމާނީފެންވަރަށް ތަރައްޤީ ކުރެވިގެން ދާނެއެވެ.
ޓައިމްލައިން
މަސައްކަތް ފެށުން
19 އޭޕްރީލު 2024ހޯރަފުށީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ އެއްބަސްވުމުގައި އެމް.ޓީ.ސީ.ސީ އާއި އެކު ސޮއިކުރުން. އަދި އަމަލީ މަސައްކަތް ފެށުން. ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވީ ހޯރަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލީސް ގޮނޑިއަށް ވާދަކުރައްވާ ކެންޑިޑޭޓް އަލީ މޫސަ.
ޕްރޮޖެކްޓްގެ އަދާހަމަ
24 ސެޕްޓެމްބަރު 2024ހޯރަފުށީ މަގުހެދުމުގެ ދެވަނަ ފޭސްގެ ކާސްޓިންގ މަސައްކަތް ކުރިޔަށްދަނީ.
މަޝްވަރާ ބައްދަލުވުން
18 އޮކްޓޯބަރު 2024ފޭސް 2 ގައި ތަރައްޤީ ކުރަން ހަމަޖެހިފައިވާ މަގުތަކާބެހޭ ގޮތުން ރަށުގެ ރައްޔިތުންނާ ބައްދަލުކޮށް ހިޔާލާއި މަޝްވަރާ ހޯދުން. ކައުންސިލްގެ ފަރާތުން ބޭއްވި މި ބައްދަލުވުމުގައި މަގުގެ ކުރެހުންތަކާއެކު ރައްޔިތުންނަށް މަޢުލޫމާތު ހިއްސާކުރެވިފައިވޭ.
ޕްރޮޖެކްޓްގެ އަދާހަމަ
07 މޭ 2025ހއ.ހޯރަފުށީގެ މަގުހެދުމުގެ މަސައްކަތުގެ ދެވަނަ ފިޔަވަހީގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނު ހޯރަފުޓަށް ގެނައުން.
ޕްރޮޖެކްޓްގެ އަދާހަމަ
24 ޖޫން 2025ހޯރަފުށީގެ މަގުތައް ޒަމާނީފެންވަރަށް ތަރައްޤީ ކުރުމުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފެށުން.
ޕްރޮޖެކްޓްގެ އަދާހަމަ
31 ޖުލައި 2025ހޯރަފުށީގެ މަގުހެދުމުގެ މަޝްރޫޢުގެ 2 ވަނަ ފިޔަވައްސަށް ބޭނުންވާ ހިލަ އަދި ހިލަވެލި ރަށަށް ގެނައުން.