މިއީ ކައުންސިލްގެ ޕްރޮޖެކްޓެކެވެ. ޤާނޫނު ނަންބަރު 2/99 (މޯލްޑިވްސް ޓޫރިޒަމް ޤާނޫނު) ގެ ދަށުން 2021 ވަނަ އަހަރު ބިޑަށް ހުޅުވާލައި، މިހާރު 03 ބިމެއްގައި މަސައްކަތް ކުރިއަށްދޭ. އަދި ބައެއް ބިންތައް ނިންމައި ގެސްޓްހައުސްގެ ޚިދުމަތް މިހާރުވެސް ދެމުން ގެންދޭ. މީގެ އިތުރުން 06 ބިމެއް ބީލަމަށް ހުޅުވާލުމަށްފަހު، މިހާރުވަނީ އެވޯޑު ކުރުމުގެ މަރުޙަލާގައި.
ޓައިމްލައިން
މަޝްވަރާ
24 ސެޕްޓެމްބަރު 2020ރަށުގެ ޓުއަރިޒަމް ޒޯން ތަރައްޤީ ކުރުމުގެ މަޝްވަރާތައް އެމް އައި ޓީ ޑީ ސީ އާއެކު ކުރިއަށް ގެންދެވުނު. މި މަޝްވަރާ ބައްދަލުވުމުގައި އެމް އައި ޓީ ޑީ ސީ ގެ އެމް.ޑީ ރާއިދު އާއި އެމް.ޕީ ސަލީމް އަދި މީގެ އިތުރުން އޮންލައިންކޮށް ކައުންސިލްގެ މެމްބަރުންވެސް ވަނީ މި މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވެފައެވެ.
މަޝްވަރާ
03 ޑިސެމްބަރު 2020ރަށުގައި ތަރައްޤީ ކުރުމަށް ކަނޑައަޅާފައިވާ ޓުއަރރިޒަމް ޒޯންގެ މަސްވަރާތައް ޓުއަރރިޒަމް މިނިސްޓްރީއާއެކު ކުރިއަށް ގެންދެވުނު. މި ބައްދަލުވުމުގައި ޓުއަރިޒަމް މިނިސްޓަރ މައުސޫމް، އެމް.ޕީ ސަލީމް އަދި ކައުންސިލްގެ މެމްބަރުން ބައިވެރިވެފައިވެއެވެ.
ސޮއި ކުރުން
24 ޖެނުއަރީ 2021ގެސްޓްހައުސް ވިޔަފާރިއަށް ބިން ދޫކުރުމުގެ އެމް.އޯ.ޔޫ ގައި ހޯރަފުށީ ކައުންސިލާއި ޓުއަރރިޒަމް މިނިސްޓްރީ އާއެކު ސޮއިކުރުން.
ސޮއިކުރުން
18 ނޮވެމްބަރު 2021ހޯރަފުށީގައި ގެސްޓްހައުސް ތަރައްޤީ ކުރުމަށް ދޫކުރާ ބިންތަކުގެ އެގްރިމެންޓްގައި ސޮއިކުރުން. ހޯރަފުށީ ރަށްވެހި ފަންނުގައި ކުރިއަށްގެންދިޔަ މި ރަސްމިއްޔާތުގައި ކައުންސިލްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ރައީސް ވަޙީދު އަދި ސިންގިއުލާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހަލީމް އެވެ.
އަމަލީ މަސައްކަތް
10 މޭ 2022ގެސްޓް ހައުސް އަށް ދޫކުރި ބިންތަކުން 3 ބިމުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވީ އެމް.ޕީ ސަލީމް އާއި ކައުންސިލްގެ ރައީސް އަދި ބިންތަށް ކާމިޔާބުކުރި ސިންގިއުލަރ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ހަލީމް އެވެ. އަދި މި ރަސްމިއްޔާތުގައި ކައުންސިލް މެމްބަރުންގެ އިތުރުން ރަށުގެ މުވައްސަސާތަކުގެ އިސްވެރިން އަދި ރައްޔިތުން ބައިވެރިވި.
މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުން
08 ޖެނުއަރީ 2024ގެސްޓް ހައުސް ތަކުގެ މަސައްކަތް ބައްލަވާ ލެއްވުމަށް އެމް.ޕީ ސަލީމް އާއި ކައުންސިލް މެމްބަރުން ވަނީ މަސައްކަތް ކުރާ ސަރަހައްދަށް ޒިޔާރަތް ކޮށްފައި.
އަދި މި ޒިޔާރަތުގައި މަސައްކަތަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރުމަށް ކުންފުނީގެ ވެރީންނާ ބައްދަލް ކުރެއްވުނު.
މަޝްވަރާ ބައްދަލުވުން
27 ފެބްރުއަރީ 2024ހޯރަފުށީ ކައުންސިލާ ފެނަކަ ކޯޕަރޭޝަން އާ އެކު ގެސްޓް ހައުސް ޒޯންއަށް ދާއިމީ ފެނާ، ނަރުދަމާ އަދި ކަރަންޓް ފޯރުކޮށްދިނުމާއި ގުޅޭ ބައްދަލުވުމެއް ކުރިއަށް ގެންދެވުނު. އޮންލައިންކޮށް ކުރިއަށް ގެންދެވުނު މި ބައްދަލުވުމުގައި ފެނަކަ އެމްޑީ އަދި ޑީއެމްޑީ އާއި އިސް ސްޓާފުން ބައިވެރިވެލެއްވި.
މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުން
14 ޖޫން 2024ތަރައްޤީގެ މަޝްރޫޢުތަކާ، ކައުންސިލްގެ ޕްރޮޖެކްޓްތައް ބަލާ މައްސަލަތައް ދެނެގަތުމުގެ ޒިޔާރަތުގެ ތެރެއިން ގެސްޓް ހައުސް ޒޯންގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް ކައުންސިލްގެ ރައީސް އަދި އިކޮނޮމިކް ސެކްޝަންގެ މުވައްޒަފުން ޒިޔާރަތް ކުރުން.
ޚިދުމަތް ފެށުން
05 އޮކްޓޯބަރު 2024އަރާއިކް ބީޗް ވިލެޖް ގެސްޓްހައުސްގެ ޚިދުމަތް ފެށުން. މިއީ ހޯރަފުށީގެ އިގުތިސާދުގެ މުހިއްމު ބަހާ އެއްގެ ފެށުން. މި ޚިދުމަތް ފެށުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ އަރާއިކް ބީޗް ވިލެޖް ގެސްޓްހައުސްގައި.