މިއީ ޕްރޮޕޯސަލް ހުށަހަޅައިން އިންޑިއާގެ ހިލޭ އެހީގެ ދަށުން ކައުންސިލާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއެކު ޖޮއިންޓް ވެންޗަރ އުސޫލުން  ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓްގެ އަގަކީ 8،000،000.00ރ. އެވެ. 

ޓައިމްލައިން

ސޮއިކުރުން

06 ޖޫން 2020

ބިއްލޫރިފުޅީގައި ފެން ބަންދުކުރުމުގެ ޕްލާންޓްގެ ޢަމަލީ މަސައްކަތް ފެށުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އާއި ހޯރަފުށީ ކައުންސިލާ ދެމެދު ވެވޭ އެއްބަސްވުމުގައި ސޮއިކުރުން. 

މަސައްކަތް ފެށުމަށް ތައްޔާރުވުން

13 ސެޕްޓެމްބަރު 2020

ބޮޓްލިން ޕްލާންޓްގެ އަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ތަކެތި އަދި މަސައްކަތްކުރާ ފަރާތްތައް ހޯރަފުށްޓަށް.

ޕްރޮޖެކްޓުގެ އަދާހަމަ

02 ޖުލައި 2020

ޖޮއިންޓް ވެންޗަރ އުސޫލުން ކައުންސިލާއި އެކު މަސައްކަތްކުރުމުގެ ހުއްދަ ފިނޭންސް މިނިސްޓްރީން ފެނަކަ ކޯޕަރޭޝަނުން ދިނުން.

ޕްރެޖްކްޓްގެ އަދާހަމަ

24 ސެޕްޓެމްބަރު 2020

ބޮޓްލިން ޕްލާންޓްގެ ވަށާފާރު ރޭނުމުގެ އަމަލީ މަސައްކަތް ފެށުން. 

ޕްރެޖްކްޓްގެ އަދާހަމަ

17 ފެބްރުއަރީ 2021

ވަށާފާރުގެ މުށިޖެހުމާއި ކުލަލުން ނިމި އެތެރެ ސާފުކުރުމުގެ މަސައްކަތްވަނީ ފެށިފައި.

ޕްރެޖްކްޓްގެ އަދާހަމަ

02 މާރިޗު 2021

ބޮޓްލިން ޕްލާންޓަށް ބޭނުންވާތަކެތި ގެނެސް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރުން. 

ޕްރެޖްކްޓްގެ އަދާހަމަ

03 އޯގަސްޓު 2021

ބޮޓްލިން ޕްލާންޓަށް ބޭނުންވާތަކެތި ގެނެސް އިންސްޓޯލްކޮށްދޭން ބަޔަކާއި ހަވާލުކުރުން. 

މަޝްވަރާ

11 އޭޕްރީލު 2022

ބޮޓްލިން ޕްލާންޓްގެ މަސައްކަތްތައް ކުރިއަށްދާ ގޮތާމެދު މަޝްވަރާ ކުރުމަށް ކައުންސިލް، ފެނަކަ އަދި މިނިސްޓްރީ އޮފް ފޮރިން އެފެއާރޒް އާއި އެކު އޮންލައިން މީޓިން އެއް ވަނީ ބޭއްވިފަ.

ޕްރެޖްކްޓްގެ އަދާހަމަ

16 ޖޫން 2022

މަސައްކަތަށް ބޭނުންވާ ތަކެތި ނުލިބުމުގެ ސަބަބުން ގިނަ ދުވަސްތަކެއްވަންދެން ފެކްޓްރީ އަދި އޮފީސް އިމާރާތުގެ މަސައްކަތް ހުއްޓިފައި އޮތުމަށްފަހު ތަކެތި ލިބުމާއިއެކު އަލުން މަސައްކަތްވަނީ ފެށިފައި. 

ޕްރެޖްކްޓްގެ އަދާހަމަ

18 ޖުލައި 2022

ޕްލާންޓަށް ބޭނުންވާ ހުރިހާ މެޝިނަރީސް އެއްވަނީ ހޯރަފުށްޓަށްގެނެވިފައި. 

ޕްރެޖްކްޓްގެ އަދާހަމަ

08 އޯގަސްޓު 2022

ފައުންޑޭޝަން އެޅުމުގެ މަސައްކަތް ފެށިގެން ފެށިގެން ކުރިއަށްދަނީ 

ޕްރެޖްކްޓްގެ އަދާހަމަ

20 އޮކްޓޯބަރު 2022

ބޮޓްލިން ޕްލާންޓްގެ ޝީޓް އެޅުމުގެ މަސައްކަތް ފެށުން.

ޕްރެޖްކްޓްގެ އަދާހަމަ

15 ނޮވެމްބަރު 2022

އޮފީސް އިމާރާތުގެ ރޫފް ބީމް ގެ މަސައްކަތް ނިމި، ޕްލާންޓްގެ ރޫފް ބީމްގެ މަސައްކަތާއި އިތުރު މަސައްކަތްތައްވަނީ ފެށިފައި. 

ޕްރެޖްކްޓްގެ އަދާހަމަ

01 ޑިސެމްބަރު 2022

ޕްރޮޖެކްޓްގެ %70 މަސައްކަތް ފުރިހަމަ ކުރެވިފައި. 

ހިޔާކުރުމުގެ މަސައްކަތް ފުރިހަމަ ކުރެވިފައި. 

ޕްލާންޓް ސަރަހައްދުގެ ބެކްފިލިންގ މަސައްކަތް ކުރިއަށްދަނީ.

ޕްރެޖްކްޓްގެ އަދާހަމަ

08 ޑިސެމްބަރު 2022

ޕްރޮޖެކްޓްގެ %80 މަސައްކަތް ފުރިހަމަ ކުރެވިފައި.

ޕްލާންޓް ސަރަހައްދުގެ ބެކްފިލިންގ މަސައްކަތް ފުރިހަމަ ކުރެވިފައި.

ޕްލާންޓް ސަރަހައްދުގެ ތަޅުން އެޅުމުގެ މަސައްކަތް ކުރިއަށްދަނީ.

ޕްލާންޓް ސަރަހައްދުގެ އެތެރޭގެ ފާރުތަކުގެ މަސައްކަތްނިމި ސިމެންތިޖެހުމުގެ މަސައްކަތް ކުރިއަށް ދަނީ.

ކަރަންޓާއި ނެޓްވޯރކްގެ މަސައްކަތް ފުރިހަމަ ކުރެވިފައި. 

ފަޔަރ ކޭބަލް އެޅުމުގެ މަސައްކަތް ކުރިއަށް ދަނީ. 

އިތުރު މަސައްކަތްތަކަށް ބޭނުންވާ ހުރިހާ ސާމާނެއް ވަނީ ލިބިފައި. 

މަސައްކަތް ކުރިއަށްދާ ގޮތް ބެލުން

17 ޑިސެމްބަރު 2022

މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް އިންޑިއާގެ ސަފީރު އަދި ފޮރިން މިނިސްޓްރީގެ ޓީމް ޒިޔާރަތްކުރުން. މި ޒިޔާރަތުގައި މަސައްކަތްކުރާ ސައިޓަށް ވަޑައިގެން މަސައްކަތްތައް ބައްލަވާލައްވާފައިވޭ. އަދި ކައުންސިލާ ބައްދަލުކޮށް މަސައްކަތުގައި އިތުރަށް ރަނގަޅުކުރަންވީ ކަންތައްތަކާއިމެދު ވަނީ މަޝްވަރާ ކޮށްފައި.

ޕްރެޖްކްޓްގެ އަދާހަމަ

23 ޖެނުއަރީ 2023

ޕްރޮކްޓްގެ މަސައްކަތުގެ %90 ވަނީ ފުރިހަމަ ކުރެވިފައި.

ޕްލާންޓް ސަރަޙައްދުގެ މަސައްކަތްތަކުގެ %98 މަސައްކަތް ނިމިފައި. މެޝިނަރީސް އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ.

ގްރައުންޑް ފްލޯގެ މަސައްކަތް %90 ފުރިހަމަ ކުރެވިފައި ފިނިޝިންގ ގެ މަސައްކަތް ކުރިއަށްދަނީ. 

ފަސްޓް ފްލޯގެ %80 ފުރިހަމަކުރެވިފައި. ފިނިޝިންގ ގެ މަސައްކަތް ކުރިއަށްދަނީ. (މުށިޖެހުމުގެ މަސައްކަތް، ޕުޓީގެ މަސައްކަތް)

އާރު.އޯ ޕްލާންޓްގެ %30 މަސައްކަތް ފުރިހަމަ ކުރެވިފައި. 

ޕްރެޖްކްޓްގެ އަދާހަމަ

05 ފެބްރުއަރީ 2023

މުޅި ޕްރޮޖެކްޓްގެ %90 ފުރިހަމަ ކުރެވިފައި. 

ޕްލާންޓް އޭރިއާގެ %98 ފުރިހަމަ ކުރެވިފައި. މެޝިން އިންސްޓޯލް ކުރުމާއި ކަރަންޓް ގުޅުން ކުރިއަށް ދަނީ.

ގްރައުންޑް ފްލޯގެ %91 ފުރިހަމަ ކުރެވިފައި. މައި ދޮރުގެ ކޮންކްރީޓް މަސައްކަތާއި ރިސެޕްޝަންގެ ޕުޓީގެ މަސައްކަތް ކުރިއަށް ދަނީ.

ފަސްޓް ފްލޯގެ %83 މަސައްކަތް ނިމިފައި. ފިނިޝިންގ މަސައްކަތް ކުރިއަށްދަނީ.

އާރު.އޯ ޕްލާންޓްގެ %50 މަސައްކަތް ނިމިފައި. ރޭނުމުގެ މަސައްކަތާއި ޓޭންކް އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ. 

ޕްރެޖްކްޓްގެ އަދާހަމަ

21 ފެބްރުއަރީ 2023

މުޅި ޕްރޮޖެކްޓްގެ %93 މަސައްކަތް ނިމިފައި. 

ޕްލާންޓް ސަރަހައްދުގެ %99 ނިމިފައި. މެޝިން އިންސްޓޯލް ކުރުން ނިމިފައި.

ގްރައުންޑް ފްލޯގެ %92 ފުރިހަމަ ކުރެވިފައި. މުށިޖެހުމާއި ފާޚާނާ ތަކަށް ފެން ވައިރު ކުރުމުގެ މަސައްކަތް ކުރިއަށްދަނީ. 

ފަސްޓް ފްލޯ %86 ފުރިހަމަކުރެވިފައި. ފާޚާނަ ތަކުގައި މުށިޖެހުމުގެ މަސައްކަތް ކުރިއަށްދަނީ. 

އާރް.އޯ ޕްލާންޓްގެ %70 މަސައްކަތް ނިމިފައި. ކަރަންޓްގެ މަސައްކަތާއި ވޯލް ސީލަރ ލުމުގެ މަސައްކަތް ކުރިއަށްދަނީ. ޕްލާންޓްގެ މެޝިންތައް އިންސްޓޯލް ކުރުމުގެ މަސައްކަތް ނިމިފައި. 

ޕްރޮޖެކްޓްގެ އަދާހަމަ

08 މާރިޗު 2023

މަސައްކަތް ފުރިހަމަކުރެވިފައިވާ %

ރޭނުމުގެ މަސައްކަތް %100

ހިޔާކުރުން %100

ސިމެންތިޖެހުން %91

ސީލިންގ ކުރުން %75

ދޮރާއި ކުޑަ ދޮރު ހަރުކުރުން %80

ފެން ނެގުމާއި ފެން ހިންދުމުގެ މަސައްކަތް %45

ކުލަލުން %65

ކަރަންޓްގެ މަސައްކަތް %80 

ޕްރޮޖެކްޓްގެ އަދާހަމަ

09 އޭޕްރީލު 2023

މަސައްކަތް ފުރިހަމަކުރެވިފައިވާ %

ރޭނުމުގެ މަސައްކަތް %100

ހިޔާކުރުން %100

ސިމެންތިޖެހުން %99

ސީލިންގ ކުރުން %90

ދޮރާއި ކުޑަ ދޮރު ހަރުކުރުން %85

ފެން ނެގުމާއި ފެން ހިންދުމުގެ މަސައްކަތް %65

ކުލަލުން %75

ކަރަންޓްގެ މަސައްކަތް %85 

ޕްރޮޖެކްޓްގެ އަދާހަމަ

18 މޭ 2023

ދިޔަދޮވި ހަރުކުރުމާއި ކޮންކްރީޓް މަސައްކަތް ކުރިއަށްދަނީ.

ވަށާފާރުގެ ޓެކްސްޗަރ މަސައްކަތް ކުރިއަށްދަނީ.

އެލުމިނިއަމް ދޮރުތައް ހަރުކުރުމުގެ މަސައްކަތް ކުރިއަށްދަނީ.

ފަސްޓް ފްލޯގެ ކުލަލުމުގެ މަސައްކަތް ކުރިއަށްދަނީ.

ފަސްޓް ފްލޯގެ ކަރަންޓްގެ މަސައްކަތް ކުރިއަށްދަނީ.

ފަސްޓް ފްލޯގެ ބިއްލޫރީގެ މަސައްކަތް ކުރިއަށްދަނީ. 

ޕްރޮޖެކްޓްގެ އަދާހަމަ

15 ޖޫން 2023

ކުލަލުމުގެ މަސައްކަތް ކުރިއަށް ދަނީ 

ގުރޫޓިންގމަސައްކަތް ކުރިއަށް ދަނީ 

ސާފުކުރުމުގެ މަސައްކަތް ކުރިއަށް ދަނީ 

ލައިޓް ހަރުކުރުމުގެ މަސައްކަތް ކުރިއަށް ދަނީ  

ޕްރޮޖެކްޓްގެ އަދާހަމަ

09 ޖުލައި 2023

މަސައްކަތް ފުރިހަމަކުރެވިފައިވާ %

އެލުމިނިއަމް ކްލެޑިންގ މަސައްކަތް %90

ސިމެންތިޖެހުން %99

ސީލިންގ ކުރުން %90

ދޮރާއި ކުޑަ ދޮރުތަކުގެ މަސައްކަތް %90

ފެން ނެގުމާއި ފެން ހިންދުމުގެ މަސައްކަތް %65

ކުލަލުން %85

ކަރަންޓްގެ މަސައްކަތް %85  

ޕްރޮޖެކްޓްގެ %96 ނިމިފައި

ޕްރޮޖެކްޓްގެ އަދާހަމަ

06 އޯގަސްޓު 2023

އިމާރާތުގެ ބޭރުގެ މަސައްކަތް %97 ނިމިފައި

ކުލަލުން %77 މަސައްކަތް ނިމިފައި

އޮފީސް އިމާރާތުގެ ޓެކްސްޗަރިންގ މަސައްކަތް ކުރިއަށްދަނީ 

ޕްރޮޖެކްޓްގެ %97 ނިމިފައި

ޕްރޮޖެކްޓްގެ އަދާހަމަ

24 އޯގަސްޓު 2023

ޕްލާންޓަށް ބޭނުންވާ ބިއްލޫރިފުޅިތައް ރަށައް ގެނެވިފައި. 

ފިނިޝިންގ މަސައްކަތް ކުރިއަށްދަނީ.

ޕްރޮޖެކްޓްގެ %97 ނިމިފައި

ޕްރޮޖެކްޓްގެ އަދާހަމަ

08 ނޮވެމްބަރު 2023

އޭ.ސީ ހަރުކުރުމުގެ މަސައްކަތް ކުރިއަށްދަނީ 

އެޑްމިން ރޫމްގެ ސޮކެޓް ހަރުކުރުމުގެ މަސައްކަތް ކުރިއަށްދަނީ 

ޕްރޮޖެކްޓްގެ އަދާހަމަ

08 ޖެނުއަރީ 2024

ލެވެލިންގެ މަސައްކަތް ފިޔަވައި އިތުރު މަސައްކަތެއް ކުރިއަށް ނުދެ. ޕްރޮޖެކްޓްގެ %97 ނިމިފައި. 

ޕްރޮޖެކްޓްގެ އަދާހަމަ

01 މޭ 2024

ޓެކްސްޗަރިން މަސައްކަތް، ސީލަރ އަދި ކުލަ ލުމުގެ މަސައްކަތާއި ކަރަންޓް ވަޔަރިންގ ގެ މަސައްކަތް ކުރިއަށް ދަނީ.

ޕްރޮޖެކްޓްގެ އަދާހަމަ

03 ޖޫން 2024

އެތެރޭގެ ކުލަ ލުމުގެ މަސައްކަތް، ސީލަރިންގ މަސައްކަތް، ލައިޓް ހަރުކުރުމާއި ރިސެޕްޝަންގެ ސީލިންގ އާއި މުށިޖެހުމުގެ މަސައްކަތް ކުރިއަށްދަނީ. 

ޕްރޮޖެކްޓްގެ އަދާހަމަ

05 އޯގަސްޓު 2024

ރިސެޕްޝަން އޭރިއާގެ ނުނިމިހުރި މަސައްކަތްތައް ކުރިއަށް ދަނީ

ޕްރޮޖެކްޓްގެ އަދާހަމަ

12 އޯގަސްޓު 2024

ޕްރޮޖެކްޓްގެ މަސައްކަތް ވަނީ ހުއްޓާލައިފައި.